ހަބަރު

މުއައްސަސާތަކަށް މައުލޫމާތު ދޭނީ ހަމައެކަނި ސުޕްރީމް ކޯޓުން

ދައުލަތުގެ މުއައްސަސާތަކުން ޝަރުއީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ވަކިވަކި ކޯޓްތަކާއި މުއާމަލާތް ނުކޮށް ސުޕްރީމް ކޯޓާއި މުއާމަލާތް ކުރުމަށް އެ ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ، 2016 ވަނަ އަހަރުގެ ސާކިއުލާ އުވާލައި، 2013 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއަށް މިއަދުން ފެށިގެން އަމަލު ކުރުމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނެރުނު ސާކިއުލާގައި ވަނީ، ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އޮފީސްތަކުން ޝަރުއީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ވަކިވަކި ކޯޓްތަކާއި މުއާމަލާތް ކުރަމުން ގެންދާތީވެ، ޝަރުއީ ދާއިރާއާ ގުޅުންހުރި ކަންތައްތަކުގައި ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އޮފީސްތަކުން ވަކިވަކި ކޯޓްތަކާއި މުއާމަލާތް ނުކުރުމަށާއި އެފަދަ ކަންކަމުގައި މުއާމަލާތް ކުރަން ޖެހޭނީ ސުޕްރީމް ކޯޓާއި ކަމަށެވެ.