ހަބަރު

ކޮމަންވެލްތްގައި ރާއްޖެ އަލުން ބައިވެރިވާން މަޖިލީހުން ފާސްކޮށްފި

Dec 5, 2018
1

ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ. ކޮމަންވެލްތާ އަލުން ގުޅެން ވޯޓްގައި ބައިވެރިވި 62 މެންބަރުން ވަނީ ރުހުން ދީފަ އެވެ.

ވޯޓްގައި ބައިވެރިވި އެއްވެސް މެންބަރަކު އެ ނިންމުމާ ދެކޮޅަށް ވޯޓެއް ނުދެއްވަ އެވެ. ކޮމަންވެލްތާ އަލުން ގުޅެން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގަ އެވެ. އަދި އެއަށް ފަހު އެކަމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވަން ރައީސް ސޯލިހު ނިންމެވި އެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމީ މަޖިލީހުން އޭރު ފާސްކުރީ، އޮކްޓޯބަރު، 16، 2013 ގަ އެވެ.

އޭރު އެ ނިންމުމަށް ތާއީދު ކުރި ބައެއް ޕީޕީއެމްގެ މެންބަރުން މިއަދު ވަނީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ރުހުންދޭން ފެންނަ ކަމަށް ވޯޓް ދެއްވައިފަ އެވެ. ރާއްޖެ އޭރު ކޮމަންވެލްތުން ވަކިވާން ނިންމީ، ސަރުކާރުގެ އޭރުގެ އަމަލުތަކާ ގުޅިގެން އެ ޖަމާއަތުން ރާއްޖެ ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެވެ.

ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަށް އެ ޖަމާއަތަށް ހުށަހެޅުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.