ހަބަރު

މާލޭގެ ގެއެއްގެ ބެލްކަަނިން ބައެއް މަގުމައްޗަށް ވެއްޓިއްޖެ

Dec 5, 2018
2

މާލޭގެ ގެއެއްގެ ބެލްކަނިން ބައެއް މަގުމައްޗަށް ވެއްޓި ޕާކިން ޒޯންއެއްގައި ހުރި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ.

މަގުމައްޗަށް ވެއްޓިފައި ވަނީ، ހ. ހާޖަރާގޭ ފުރަތަމަ ފަންގިފިލާގެ ބެލްކަނިން ބަޔެކެވެ. ބެލްކަނިން ބައިތައް ވެއްޓުމުން އެ ގޭގެ ތިރީގައި ހުރި ބައިސްކަލްތަކަކާއި ސައިކަލްތަކަކަށް އެކި ވަރުގެ ގެއްލުންތައްވި އެވެ. އެހެން ނަމަވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ބެލްކަނިން ބައެއް ވެއްޓުނު އިރު ބެލްކަނީގައި ހުރި، އޭސީއެއްގެ އައުޓްޑޯ ޔުނިޓް ވެސް މަގުމައްޗަށް
ވެއްޓުނެވެ.

އެކަމާ ގުޅިގެން އެގޭގެ އިންސްޕެކްޝަނެއް ހެދުމަށް އެގެއިން މިހާރު ވަނީ މިހާރު މީހުން ހުސްކޮށްފަ އެވެ.

މިއަދު މާލެއަށް އަންނަނީ ވަރަށް ގަދަޔަށް ވިއްސާރަކުރަމުން އެވެ. އެގޮތުން ވަރަށް ބޯކޮށް ވާރޭ ވެހި މުޅި މާލޭގައި ވަނީ މީން ދުވަހަކުން ފެން ބޮޑުނުވާ ވަރަށް ފެންބޮޑުވެފަ އެވެ.