ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ މުވައްޒަފުންނަށް ދަރިން އޮފީހަށް ގެންދެވޭނެ އުސޫލެއް މިނިސްޓަރު އަހުމަދު މަހުލޫފް އެކުލަވާލައްވައިފި އެވެ.
މަހުލޫފް މިއަދު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތުއްތު ދަރިންނަށް މައިންބައިފައިން ވަޒީފާގައި އުޅޭ ވަގުތުގައި ޒިޔާރަތްކޮށް ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ކަނޑައެޅޭ އުސޫލުގެ ތެރެއިން ވަނީ ހަމަޖައްސާފަ އެވެ.
މުވައްޒަފުންގެ ފަސޭހައަށް މަހުލޫފް އެ އުސޫލު ކަނޑައަޅާފައިވާއިރު މުވައްޒަފުންގެ ފަސޭހައަށް އޭނާ ދަނީ އެކި ކަންކަން ކުރައްވަމުންނެވެ. މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ވެސް މަހުލޫފް ބައްދަލު ކުރެއްވީ ވެސް އެ މިނިސްޓްރީގެ މަސައްކަތު މީހުންނާ އެވެ.
އޭގެއިތުރުން ވެސް ދާއިރާގެ ކަންކަން ހައްލުކުރުމަށް ވެސް މަހުލޫފް ގެންވަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.