ހަބަރު

މިނިސްޓަރުންގެ ނައިބަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފި

Dec 10, 2018
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިން މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރުންގެ ނައިބު ފެންވަރުގައި އައްޔަން ކުރައްވާފައިވަނީ މިނިސްޓާ އޮފް ޓޫރިޒަމުގެ ނައިބުގެ މަގާމަށް މއ.އަމީނީވިލާ، ޑރ. ނައުޝާދު މުހައްމަދާއި، މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބުގެ މަގާމަށް ސ.ހިތަދޫ، ކޯޒްވޭވިލާ ހިދާޔާ ނަސީރާއި، މިނިސްޓާ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް ދ.މާއެނބޫދޫ، މޫރިތި އަބްދުﷲ ހުމައިދެވެ.