ހަބަރު

ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ދަނޑުވެރިކަމަށް ރާއްޖެ އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން މަރަދޫ ދާއިރާގެ މެންބަރުން އިބްރާހިމް ޝަރީފް ހުށަހެޅުއްވި އިސްލާހު ފާސްވީ 56 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހުގައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ މާއްދާގައި ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިިސްޓްރީ އިން އާންމުކޮށް ޝާއިއު ކުރާ ތަކެތި ވަނީ ހިމަނާފަ އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ހިސާބުން ޓެކްސް ކަނޑާލާނެ އެވެ.