ހަބަރު

އަށް ގައުމެއްގެ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

އަށް ގައުމެއްގެ ސަފީރުންނަށް ރައްޔިތުން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ސަފީރުނުންގެ ނަންތައް އިއްވާ ވަކިވަކިން ވަނީ ވޯޓަށް އަހައިފަ އެވެ. އެ ހުރިހާ ސަފީރުންނަށް ވެސް ވަނީ މަޖިލީހަށް ހާޒިރުވި 60 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

ސަފީރު ކަމަށް އައްޔަންކުރާ ބޭފުޅުން:

  • ބްރަސަލްސްއަށް ގ. ފިޔާތޮށިގެ، ހަސަން ސޯބިރު
  • އިންޑިއާއަށް ހ.ދޫރިހާ، އާއިޝަތު މުހައްމަދުދީދީ
  • ސިންގަޕޫރަށް އަބްދުﷲ މައުސޫމް
  • ޖަރުމަނުވިލާތަށް ހ. ސީވީޑް، އަހްމަދު ލަތީފް
  • އިނގިރޭސިވިލާތަށް ފަރަޙަނާޒް ފައިސަލް
  • އދ އާއި އެމެރިކާއަށް ތިލްމީޒާ ހުސައިން
  • މެލޭޝިޔާއަށް ވިސާމް އަލީ
  • ސްރީލަންކާއަށް ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގް

ގާނޫނު އަސާސިގެ 115 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި ރައީސް ފޮނުއްވާ ނަންފުޅުތައް ދިރާސާކޮށް ރުހުންދޭނީ މަޖިލީހުންނެވެ. އެ ފަރާތްތައް އައްޔަން ކުރާނީ ރައީސް އެެވެ.