ހަބަރު

ފުލުހަށް ހާޒިރުވުމަށް ޔާމީންއަށް އަންގައިފި

Dec 13, 2018
26

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުވުމަށް އެ އިދާރާއިން އަންގައިފި އެވެ.

ފުލުހުން ޔާމީންއަށް މިއަދު ފޮނުވި ޗިޓުގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ މެނދުރު 2:00 އަކަށް ފުލުހަށް ހާޒިރުވުމަށެވެ. އެކަން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް މުހައްމަދު ޝަރީފް ވަނީ "އަވަސް"އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވީ ޗިޓުކޮޅާ ހަވާލުވެވަޑައިގަތީ ވެސް އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.

ޔާމީން ފުލުހަށް ހާޒިރު ކުރާ އިރު އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި ޔާމީންގެ މައްޗައް ވަނީ އެތަށް ތުހުމަތުތަކެއް ވަނީކޮށްފަ އެވެ. ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން އިން ތަހުގީގު ވެސް ކުރި އެވެ.

އެމަނިކުފާނަށް ތުހުމަތު ކުރާ މައްސަލަތައް މިނިވަން މުއައްސަސާތަކުން ނުބަލާ ކަމާއި، ނުފޫޒު އޮތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް އެ ނުފޫޒުތައް ނައްތާލައި، ހުރިހާ މައްސަލަތައް ވެސް އިންސާފުވެރިކަމާއެކު ތަހުގީގު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.