ބޭރު ކުޅިވަރު

މަންޒޫކިޗް ޔުވެންޓަސް އަށް ބަދަލުވަނީ

އެތުލެޓިކޯ މެޑްރިޑްގެ ކްރޮއޭޝިއާ ފޯވަޑް މާރިއޯ މަންޒޫކިޗް ޔުވެންޓަސް އަށް ބަދަލުވާން ނިންމައިފި އެވެ.

ބަޔާން މިއުނިކް އިން މިދިޔަ ސީޒަންގައި އެތުލެޓިކޯ އަށް ބަދަލުވި މަންޒޫކިޗް ވަނީ އެތުލެޓިކޯ އަށް ކުޅުނު 43 މެޗުގައި 20 ލަނޑު ޖަހައިފަ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޔުވެންޓަސް އަށް މަންޒޫކިޗް ،29، ބަދަލުވަނީ 13 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

"ޔުވެންޓަސް އަކީ އަހަންނަށް ކަމުދާ ކްލަބެއް. އަދި ޓިއުރިން އަކީ އަހަންނަށް ކަމުދާ ސިޓީއެއް. ޔުވެންޓަސްގައި ހިތްހަމަޖެހޭނެ ކަމަށް އުންމީދުކުރަން،" މަންޒޫކިޗް ބުންޏެވެ.

މަންޒޫކިޗް ޔުވެންޓަސް އަށް ބަދަލުވާއިރު، ޔުވެންޓަސްގެ އާޖެންޓީނާ ފޯވަޑް ކާލޮސް ޓެވޭޒް އެ ޓީމުން ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޓެވޭޒް އޭޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ. -- ބީބީސީ