ބޮލީވުޑް

ޒަރީން ޚާން ފޭނަކަށް ހަމަލަދޭ ވީޑިއޯ އާއްމުވެއްޖެ

ބޮލީވުޑްގައި ފައި ހަމަކުރަމުން އަންނަ ތަރި، ޒަރީން ޚާން، އައުރަންގުބާދުގެ ފިހާރައެއްގައި އޮތް ހަފްލާއަކުން ނިކުންނަށް އުޅުމުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި އޭނާގެ ފޭނެއްގެ ގައިގައި ޖެހި މަންޒަރު ދައްކުވައިދޭ ވީޑީއޯ އާއްމުވެ އޭނާއަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

މަހަރާސްތުރާގެ އައުރަންގުބާދުގައި ހުރި އެ ފިހާރައިގެ ކުރިމަތީގައި ޒަރީން ޚާންގެ ސަޕޯޓަރުންތައް ތޮއްޖެހިފައި އޮތެވެ. އަދި އެ މީހުންތަކުގެ ތެރެއިން އޭނާގެ ކާރަށް އަރަންދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ސަޕޯޓަރުންތައް ވަށާލާފައިވާއިރު، އެތަނުން މީހެއްގެ ގައިގައި ޖެހީ އޭނާގެ ގައިގައި އަތްލުމުން ކަމަށް ޒަރީންއާ ހަވާލާދީ އިންޑިއާގެ ނިއުސް ރިޕޯޓުތަކުން ބުނެ އެވެ. އަދި އެންމެ ފަހުން ސަޕޯޓަރުން ބޭރު ކުރުމަށް އެ އަވަށު ފުލުހުން ލަޓި ބުރި ބޭނުންކުރި ކަމަށްވެސް ބުނެ އެވެ.

ޒަރީން ޚާން ބޮލީވުޑްގެ އަށް ނުކުތީ ސަލްމާން ޚާން އާއެކު ކުޅުނު "ވީރު" އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި ހުނަރަށް ޒީ ސިނެ އެވޯޑްސްއަށް ނޮމިނޭޓްވި އެވެ. އަދި އޭގެ ފަހުން ހޭޓް "ސްޓޯރީ ތިނެއް" އާއޮ "ހައުސްފުލް" އާއި "ރެޑީ" ފަދަ ބްލޮކްބަސްޓާ ފިލްމުތަކުން ޒަރީން ފެނުނެވެ.