މަރުތައް ތަހުގީގު ކުރާ ކޮމިޝަން

ތިން މަސްތެރޭ މައްސަލަތައް ނިންމާނަން: މަރުތައް ބަލާ ކޮމިޝަން

ރައީސް އިބަރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ، މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަށް ފަށާ މައްސަލަތައް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ލިސްޓެއް މިމަހުގެ 27 ވަނަ ދުވަހު އާންމު ކުރާނެ ކަމަށެވެ. އަދި ތިން މަސް ދުވަސް ތެރޭގައި އެ ހުރިހާ މައްސަލައެއް ބަލާ ނިންމުމަކީ އަމާޒެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ރައީސް ސޯލިހު މި ކޮމިޝަން އުފައްދާފައިވަނީ، އަނިޔާވެރި މަރުތަކާއި، ވީނުވީއެއް ނޭގި ގެއްލިފައިވާ މިހުންގެ ތަހުގީގު ކުރުމުގެ ގޮތުން އެވެ. ނޫސްވެރިޔާ އަހުމަދް ރިލްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަތް ތަހުގީގު ކޮށް އެކަމުގެ މައުލޫމާތު ފުރަތަމަ 100 ދުވަހު ހާމަ ކުރައްވަން ރައީސް ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

މި ކޮމިޝަން އަށް އާއްމުންނަށްވެސް މައްސަލަ ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.