ހަބަރު

ދިރާސީ އަހަރާއެކު 25 ސްކޫލަކުން ނާސްތާ ލިބޭނެ

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ:- އަހުމަދު ޝުރާއު | އަވަސް
46.7%
6.7%
46.7%

ޖެނުއަރީ ތޭރައިގައި އާ އަހަރުގެ ކިޔެވުން ފަށާއިރު 25 ސްކޫލެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ސްކޫލްތަކުގެ ހެނދުނު ދަންފަޅީގެ ކުދިންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ވައުދުފުޅުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މިކަން ފެށުން އިއުލާންކުރައްވަމުން މިނިސްޓަރު އާއިޝާ މިއަދު ވަނީ ޕްރޮގްރާމް ކުރިއަށްގެންދަވަން ހަމަޖެހިފައިވާ ގޮތުގެ ބައެއް ތަފްސީލްތައް ދެއްވާފައެވެ.

ދިރާސީ އާ އަހަރާއެކު ފަށަނީ "ހެނދުނު ނާސްތާ" ޕްރޮގްރާމްގެ އެއް އަހަރު ދުވަހުގެ ޓެސްޓު ބުރެކެވެ. އެގޮތުން އެއް އަހަރު ދުވަހަށް މި ޕްރޮގްރާމް ހިންގަން މިހާރު މިނިސްޓްރީ އިން ވަނީ 25 ސްކޫލެއް ނަގާފަ އެވެ. އެއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލް، މާލެއިން ތިން ސްކޫލް، ވިލިމާލެއިން އެކެއް އަދި ހުޅުމާލެއިން އެއް ސްކޫލެވެ. އެހެންކަމުން މުޅި ރާއްޖޭގައި މި ޕްރޮގްރާމް ފަށާނީ އެންމެ އަވަސް ވެގެން 2020 ވަނަ އަހަރު އެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ، ނާސްތާ ޕްރޮގްރާމަށް މިހާރު ނަގާފައި ހުރި ސްކޫލްތަކަކީ ތަފާތު ފަސް ގިންތިއެއްގައި ހިމެނޭ ސްކޫލްތަކެއް ކަމަށެވެ. އެގޮތުން ސްކޫލްތައް ނަގާފައިވާއިރު، ރާއްޖޭގެ އެންމެ ދަރިވަރުންގެ އާބާދީ މަދު ސްކޫލްތަކާއި އެންމެ އާބާދީ ގިނަ ސްކޫލްތައް ފުރަތަމަ 25 ސްކޫލް ލިސްޓުގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ނާސްތާ ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކުރާނީ ބެލެނިވެރިން އެދޭނަމަ އެވެ. އެކަން އެގޮތަށް ކުރުމަށްޓަކައި ޕްރޮގްރާމް ހިންގާ ސްކޫލްތަކުން އަހަރު ފަށާއިރު ބެލެނިވެރިންގެ އަތަށް ފޯމެއް ހަވާލުކުރާނެ އެވެ. އެއީ ކުއްޖާ ނާސްތާގައި ބައިވެރިކުރުމުގައި ބެލެނިވެރިޔާގެ ރުހުން އޮތްކަން އަންގައިދީ، ދަރިވަރުގެ ކެއުމާ ގުޅޭގޮތުން ކޮންމެހެން ސްކޫލަށް އެނގެންޖެހޭ ކަމެއް އޮތްތޯ ބެލުމަށް ފުރަންޖެހޭ ފޯމެކެވެ. އޭރުން ސްކޫލްތަކުން ކުދިންނަށް ނާސްތާ ދޭއިރު އެކަންކަމަށް އިސްކަންދޭނެ އެވެ.

ނާސްތާ ޕްރޮގްރާމްގެ ހިޔާލާ ގުޅިގެން އަރާފައި އޮތް އޮޅުމެއް ރަނގަޅުކޮށްދެއްވަމުން މިނިސްޓާ އާއިޝަތު ވިދާޅުވީ، ސްކޫލްތަކުން އަބަދު ދޭނީ އެކައްޗެއް ނޫން ކަމަށެވެ. ކޮންމެ ސްކޫލެއްގައި ވެސް ކޮންމެ ދުވަހަކުވެސް ނާސްތާގެ ތިން މެނޫ އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މެނޫގެ ތެރެއިން ކުދިންނަށް އެކުދިން ބޭނުންވާ ކޮންމެވެސް ތިން އެއްޗެއް ނެގުމުގެ އިހްތިޔާރު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅަކީ ހެނދުނުގެ ނާސްތާ އިނގޭތޯ، ކިރާއި ދޮންކެޔޮލަކީ އަޅުގަނޑަށް ހީވަނީ 2008 ވަނަ އަހަރުގެ ވައުދެއް. މިފަހަރު މި އޮތީ ހަމަ ހެނދުނުގެ ނާސްތާ،" މިނިސްޓަރު ވިދާޅުވި އެވެ.

ނާސްތާ މެނޫގައި ހިމެނޭ ބައެއް ބާވަތްތައް

ރޮށި
ޕާން
ބިސްގަނޑު
ކިރު
ފަތު މަސްހުނި
ބޭކަޑްބީންސް
ސޭންޑްވިޗް
ބަރަބޯ މަސްހުނި
ޗީޒް ސޭންޑްވިޗް
ބަށި މަސްހުނި
ޕީނަތް ބަޓާ
ތަރުކާރީ މަސްހުނި

މިނިސްޓްރީއިން ބުނީ، ނާސްތާގެ ކާތަކެތި ކުދިންނަށް ދޭއިރު ސާފު ތާހިރުކަމާއި އެތަކެތީގެ ތާޒާކަން ވަރަށް ރަނގަޅަށް ކަށަވަރުކުރާނެ ކަމަށެވެ. އެކަމަށްޓަކައި ސްކޫލްތަކުގައި ވިލަރެސް ކޮމިޓީ އުފައްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕައިލެޓް ޕްރޮގްރާމް ފަށައިގަންނަ އިރު ކުދިންނަށް ނާސްތާ ތައްޔާރުކުރާނީ އެކަމަށްޓަކައި މިނިސްޓްރީ އިން ހޮވާ ކޭޓަރިން ހިދުމަތްދޭ ބައެކެވެ. ނާސްތާގެ ހިދުމަތްދޭ މީހުން ހޯދަން މިއަދު ބިޑް އިއުލާޏްކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ފަށާއިރު ކުދިންނަށް ނާސްތާ ދޭނީ އެކަމަށް ހޮވާ ބަޔަކު. އެހެންވީމަ ކޮންމެ ރަށެއްގަ ވެސް ކޭޓަރިންގެ ހިދުމަތްދޭ ފަރާތްތަކަށް އަޅުގަނޑުމެން ބިޑަށް ހުޅުވާލާނަން. އެހެން ނަމަވެސް ދުރު ރާސްތާގައި އަޅުގަނޑުމެންގެ ވިސްނުމެއް، ސްކޫލްތަކުގައި ޑައިނިން ހޯލްތަކާއި ކެންޓީން އުފެދިގެން ދިއުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

17 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަހްމަދު

ރައްޔިތުންގެލާރި ހަރަދުކުރާއިރު ހުރިހާހާމީހުންގެ ދަރިންވެސް ހަމަހަމަވާންޖެހޭބެ ކިޔަވާކުދިންނާމެދު ތަފާތުކުރުމަކީ ސަރުކާރަކުން ކޮށްގެންވާނެކަނެއްނޫން

ސޭޓު އަންހެނުން

ބަޖެޓްގައި 50 މިލިއަން ރުފިޔާ ތިކަމަށް ޚަރަދު ކުރަން ޖަހައިގެން ވަކި ބަޔަކަށް ތިކަމުން ފައިދާވާ ގޮތަށް ތިކަން ކޮށްގެންނުވާނެ. ރައްޔިތުންގެ ލާރިން ވަކިބަޔަކަށް ޚަރަދުކުރާވަރު އަދިވެސް މަދުވެގެންތަ ތިޔައުޅެނީ؟

ލލ

ކޮބައިތޯ ދޮންކެޔު ކިރުތަށި ނޫނީ ކޮންމެސް މޭވާ ކޮޅެއް ހަފުތާކު އެއްދުވަހު ވިޔަސް ލިބެންވާނެތާ ! ކުދިން ދުޅަހެޔު ހަށިހެޔު ސިކުޑިތަކާއި އެކު ބޮޑު ކުރަން ވާނެ !

ކައްދާދި

މައިން ބަފައިންނަށް ލިބޭ ދަރިން މީ ސަރުކާރުން ބަލަހައްޓަން ޖެހޭ ބަޔަކަށް ހަދަނީތަ، ދެން އެމީހުންގެ ޒިންމާ ކޮބާ.

ނަމެއްނެތް

ރާއްޖޭގެ ކޮންމެ އަތޮޅަކުން 1 ސްކޫލް އޭ ބުނި އިރު ކީއްވެބާ ޅަވިޔަނި އަތޮޅުން 2 ސްކޫލްގެ ނަން މިއޮތީ؟؟؟

ނުފުއްދޭވައުދު

ތީ ބޭއިންސާފް... ދެންޏާ ހުރިހާ ސްކޫލަކަށްވެސް ދޭންވާނެ... ވައުދުވެސް ވީ އެގޮތަށް.. ފަށައިގަންނަން ފުރަތަމަ ވަކި ގްރޭޑްތަކެއް އޯކޭ.. އެކަމަކު އެއްމެ 25 ސްކޫލް.. އެވެސް މި އަހަރު އެއްކޮށް.

ކުޑަބޭބެ

ނާސްތާ ދޭވާހަކަ ދައްކާއިރު އަދިވެސް ޓެކްސްޓް ފޮތްތައް ވެސް ނުލިބޭ،،،

އަކުބަރު

ރައީސް އިބުސޯލިޙް ވަޢުދުވީތޯ ހަމައެކަނި ހެނދުނުގެ ނާސްތާއޭ ކިޔާފަ ވަޢުދު އޮޅުވާލި މިނިސްޓަރު.

ގަމޭ

މިނިސްޓރު މަށަށް ހާދަ ރީއްޗޭ އަޅޭ ލިބޭނެނަމަ

ސައީދު

އެންމެރީތި މިނިސްޓަރުދޯމި

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910