އުރީދޫ

އެމެޒަން ޕްރައިމްގެ ސަޅި ވީޑިއޯތައް އުރީދޫއިން ބަލައިލެވޭނެ

އެތައް ހާސްފިލްމަކާއި ޑޮކއިމަންޓްރީތަކާއި އެހެން ވެސް ވީޑިއޯތައް ހިމެނޭ ދުނިޔޭގެ މަގުބޫލް ސްޓްރީމިން ސާވިސް ސާވިސް، "އެމެޒަން ޕްރައިމް"ގެ ހިދުމަތް އޫރިދޫ މޯލްޑިވްސް އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފް ކޮށްފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

އުރީދޫ އިިން ބުނި ގޮތުގައި ފުރަތަމަ ހަތް ދުވަހު މި ހިދުމަތް ހިލޭ ލިބޭނެ އެވެ. އަދި ފުރަތަމަ ހަމަސް ދަވަހު 49 ރުފިޔާގެ ފީއަކަށް މިހިދުމަތް ލިބޭނެ އެވެ. އެމޭޒަން ޕްރައިމްގައި މަޝްހޫރު ފިލްމް ތަކާއި ސީރީސްތަށް އަދި އެހެނިހެން ވެސް މަގުބޫލް ކޮންޓެންޓްތަށް ހިމެނެ އެވެ. މިހިދުމަތުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި، ދަ މާވެލަސް، މިސިޒް މެއިޒަލް، ޓޮމް ކްލެންސީސް ޖެކް ރަޔަން، ދަމޭން އިންދަ ހައި ކާސްލް، ހޯމްކަމިން، އަަދި ގްރޭންޑް ޓުއާ ފަދަ ސީރީޒްތައް ހިމެނެ އެވެ.

މީގެ އިތުރުން، މަހަކު 191 ރުފިޔާގެ މެމްބާޝިފް ގަނެގެން، މައި-އުރީދޫ އަދި ސުޕަނެޓް ޕޯޓަލް ބޭނުން ކޮށްގެންވެސް އެމެޒަން ޕްރައިމްގެ ހިދުމަތް ލިބޭނެ އެވެ.

އުރިދޫއިން ބުނީ، ގިނަ ކަސްޓަމަރުން މިހާރު ފިލްމް އަދި އެހެނިހެން މުނިފޫހި ފިލުވުމުގެ ވީޑިއޯތަށް ބެލުމަށް އިންޓަނެޓް ބޭނުން ކުރުން އިތުރުވެފައިވާ ކަމަށެވެ/ އެހެންކަމުން މިރޭ ރާއްޖެއަށް އަލަށް ތައާރަފް ކުރި، އެމެޒަން ޕްރައިމްގެ ސަބަބުން މުނިފޫހި ފިލުވުމުގެ ގޮތުން އޮންލައިންކޮށް ވީޑިއޯތަށް ބަލާ މީހުނަށް މިއީ ވަރަށް އުފާވެރި ހަބަރަކަށްވާނެ އެވެ.

"މުނިފޫހިފިލުވުމުގެ ވަސީލަތްތައް ބޭނުން ކުރުމަށް އިންޓަނެޓް އިހްތިޔާރުކުރާ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، އެމޭޒަންއާ ގުޅިގެން މި ތައާރަފް ކުރި، ޕްރައިމް ވީޑިއޯގެ ހިދުމަތުން މުނިފޫހިފިލުވުމަށް މަގުފަހިވެ އިތުރަށް ފަސޭހަ ވެގެންދާނެ،" އުރީދޫ އިން ބުނެފައިވެ އެވެ.

މި ރަސްމިއްޔާތުަގައި، ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ވާހަކަ ދައްކަވަމުން ވިދާޅުވީ، ކަސްޓަމަރުންނަށް މިފަދަ ޓެކްނޮލޮޖީތަށް ފަސޭހަ ކަމާއެކު ލިބޭނެ ގޮތް ހަމަޖެހުމަކީ، ތަރައްގީއަށް އެޅޭ ބޮނޑު ބިންގަލަކަށް ވާނެ ކަމަށެވެ.