ދުނިޔެ

ފަލަސްތީނު: ތިން މީހުން ޝަހީދުކޮށް، 40 މީހަކު ޒަހަމްކޮށްލައިފި

Dec 22, 2018

ޣައްޒާ (ޑިސެމްބަރު 22) - ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ނުވަ މަސް ވެފައިވާއިރު، އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި އިޒްރޭލު ސިފައިން ނުކުމެ ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށް 40 މީހުން ޒަހަމްކޮށްލައިފި އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އިއްޔެ ކުރި މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން، މަރުވި ތިން މީހުންގެ ތެރޭގައި 16 އަހަރުގެ ޒުވާނަކުވެސް ހިމެނޭކަމަށެވެ.

އަދި ޒަހަމްވި މީހުންގެ ތެރޭގައި ދެ ނޫސްވެރިންނާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ހަތަރު އޮފިޝަލަކުވެސް ހިމެނޭކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 215 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.