ހަބަރު

އިމިގްރޭޝަން ކޮންޓްރޯލާ އަންވަރު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ވަނީ އަންވަރު އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިސްތިއުފާ ގަބޫލު ކުރެއްވި ކަމެއް އަދި ސާފެއް ނުވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އަންވަރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމިގްރޭޝަނަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ފަހުން އޭނާ އޮފީހަކަށް ނާދަ އެވެ. އެއަށް ފަހު މިއަދު ވަނީ އިސްތިއުފާ ސިޓީ ރައީސް ސޯލިހަށް ފޮނުވައިފަ އެވެ.