ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެެވެ.

އަލަށް ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު ހަމަޖައްސަވާފައި ވަނީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމަށް ގ. އަލަފަރު، ޚަދީޖާ އާދަމާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުު ކަމުގެ މަގާމަށް ގ. ޒަމާނީއާކުލަ މުޙައްމަދު ޝާފިއީ އެވެ.