ރައީސް އޮފީސް

އަދަބު ދިނުމާއި، މާފު ދިނުމުގެ ގަވައިދު އުވާލައިފި

އަދަބު ދިނުމާއި، މައާފު ދިނުުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދު އުވާލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަދަބު ދިނުުމާއި، މައާފް ކޮށްދިނުމުގެެ ގާނޫނުގެ 29 ވަނަ މާއްްދާގެ ދަށުން އެކުލަވާލާފައިވާ ގަވައިދުގެ މަގްސަދު ހާސިލް ނުވާތީ އެ ގަވައިދު އުވާލަން ނިންމާފައިވާ ކަމަށެވެ.

އެ ގާނޫނުގެ ދަށުން ރައީސްއަށް ކުށްވެރިންގެ އަދަބު މާއާފު ކޮށްދެވެ އެވެ. އެކަމަކު އެކަމުގައި ޝަރުތުތަކެއް ހިމަނާފައިވެ އެވެ.