ހަބަރު

ޖެނުއަރީން ފެށިގެން ބަސް ދަތުރަކަށް 10 ރުފިޔާ

Dec 24, 2018
9

އާ އަަހަރުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދުގެ ބަހުގެ ހިދުމަތުން އަގު ނަގަން ނިންމައި ދަތުރެއްގެ އަގަކީ 10 ރުފިޔާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ. ބަހުގެ ހިދުމަތް މިހާރު ދެމުން އަންނަނީ އެއްވެސް އަގަކާ ނުލަ އެވެ.

އެމްޕީއެލް އިން ބުނީ މާލެ-ހުޅުމާލެ އަދި މާލެ- ހުޅުލެއާ ދެމެދު ދެމުންގެންދާ ބަހުގެ ހިދުމަތުން އަގު ނަގަން އެކުންފުންޏަށް ސަރުކާރުން ހުއްދައެއް ދީފައިވާ ކަމަށާއި އެހެންވެ އެ ދަތުރުތަކުގެ ފިއަކީ 10ރ. ކަމަށް ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އަގު ނަގަން ފަށާނީ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ކަމަށާއި އަގު ނެގި ނަމަވެސް އެއީ ދެކޮޅު ޖެހޭވަރުގެ އަގަކަށް ނުވާ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތުގެ ތެރެއަށް އެ ކުންފުނިން ވަދެފައިވީ ނަމަވެސް އެކަން އިތުރަށް ކުރިޔަށް ގެންދާނެތޯ ނޫންތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.