ހަބަރު

އިތުރު 8 ބޭފުޅަކަށް ޑެޕިއުޓީ މިނިސްޓަރު ކަން ދީފި

އެކި މިނިސްޓްރީތަކުގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އަށް ބޭފުޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޓޫރިޒަމްގެ މިނިސްޓްރީގެ ނައިބަކަށް އދ. މާމިގިލީ ކީރަންމާގެ، އަސްއަދު ރިޒާ އައްޔަންކޮށްފައިވާ ކަމަށާއި އޭނާއަކީ މީގެ ކުރީގައި ގިނަ އަހަރުތަކެއްވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އިން މާސްޓާސް ފެންވަރަށް ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓްރީގެ ނައިބަކަށް ލ. ގަން މަތިމަރަދޫ، ފަޒާ، ފާތިމަތު ޝަހީދާ އައްޔަންކޮށްފައިވާ ކަމަށާއި އޭނާއަކީ ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޔޫތު މިނިސްޓްރީގެ ނައިބަކަށް ބ. ތުޅާދޫ، ނީސް، އަބްދުﷲ އަނީސާ އާއި ނ. ޅޮހި، އޯކިޑުމާގެ، އަހުމަދު އިބްރާހީމް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެންވާރަމަންޓް މިނިސްޓްރީގެ ނައިބަކަށް ގަލޮޅު ހަނިމާދޫއާގެ، އަހުމަދު ޒިޔާން އަބްދުއްރަހްމާން އައްޔަން ކުރައްވާފައިވާ ކަމަށާއި އޭނާއަކީ ނެޝަނަލް ޑިޕްލޮމާ އިން ހޮޓެލް ކޭޓަރިން އެންޑް އިންސްޓިޓިއުޝަނަލް އޮފަރޭޝަންސް ދާއިރާއިން ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކަލްޗާ އެންޑް ހެރިޓޭޖް މިނިސްީއަށް ވ. ކެއްކުރި، ވަލީދާ ވަލީދު އާއި ހެލްތު މިނިސްޓީގެ ނައިބު މިނިސްޓަރަކަށް ގއ. ދާންދޫ، ހަނދުވަރީވާދީ ނިޝާމާ މުހައްމަދު އައްޔަންކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ ނައިބަށް އއ. ތޮއްޑޫ، ފިނިވާގެ، އަލީ ސާމިން އައްޔަންކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.