ހަބަރު

ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް އިސްމާއިލް ހަމީދު

Dec 25, 2018

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އިސްމާއިލް ހަމީދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން (ޕީސީބީ) އިން ބުނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް އިތަ، 04/18 އާރު ހުޅުމާލެ، އިސްމާއިލް ހަމީދު ހަމަަޖައްސާފައިވާ ކަމަށެވެ.

އެ މަގާމުގައި ކުރިން ހުންނެވީ ގ. ހުދުރުވާ އިދްރީސް އިސްމާއިލް އެވެ. އޭނާ އައްޔަން ކުރީ ކޯޕަރޭޝަން އިން ޔާމީންގެ އިދުރީސް އާއި އިތުރަށް އެ ބޯޑުގެ ޑިރެކްޓަރެއްގެ މަގާމްގައި ހުންނެވި ފަރުހާދު ދާއުދު ވެސް މަގާމުން ވަކި ކުރުމަށް ފަހުގަ އެވެ. އޭރު އެ ކޯޕަރޭޝަންގެ ފައިސާއާ ގުޅޭ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ދިޔައީ ބަލަމުންނެވެ.