ހަބަރު

"ޕީޕަލްސް އެކްޝަން ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

ޕީޕަލްސް އެކްޝަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީޯއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދީފި އެވެ.

އީސީއިން މިއަދު ވަނީ ޕާޓީއެއް އުފައްދަން ހުށަހެޅި ފަރާތްތަކާ ބައްދަލު ކުރައްވާ ފޮޓޮއެއް ޓްވީޓުކޮށްފަ އެވެ. އަދި ބުނެފައި ވަނީ ޕީޕަލްސް އެކްޝަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މި ފަހުން ގިނަ ސިޔާސީ ޕާޓީތަކެއް އުފެއްދުމަށް އީސީއަށް ހުށަހަޅަމުންދެ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އީސީއަށް ފޯމް ހުށަހަޅާފަ އެވެ. އީސީއިން މި ފަހުން ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓްސްއަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.