ދުނިޔެ

ރަޝިއާގެ ރައީސް ޕޫޓިން އަންނަ ހަފުތާގައި ވިއެޓްނާމަށް

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަންނަ ހަފުތާގައި ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ އެެވެ.

މިއީ ދުނިޔޭގެ ބާރުތަކުން ރަޝިއާއާ ދުރުވުމަށް ޗައިނާއަށް ގޮވާލާފައި އޮތް ދަނޑިވަޅެއްގައި ރަޝިއާ އާއި ޗައިނާގެ ވެރިން އެއް މޭޒު ދޮށުން ބައްދަލުކުރައްވައި ސައްލާކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއަށް ވަޑައިގަންނަވާ މަގުމަތީގައި ޕޫޓިން ވިއެޓްނާމުގައި މަޑުކުރައްވައި ވެރިންނާ މަޝްވަރާކުރައްވާނެ އެވެ.

ވިއެޓްނާމަށް ޕޫޓިން ވަޑައިގަތުމަކީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ގައުމަށް ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.

އަނެއްކޮޅުން ހުޅަނގުން ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުންތަކަށް ބެލުމެއް ނެތި ގައުމުތަކުން ރަޝިއާ އާއި ގާތް ގުޅުމެއް ބާއްވަން ޝައުގުވެރިވާ ވަރު އެމެރިކާ އަށާއި ޔޫރަޕަށް ފެނިގެންދާނެ ދަތުރަކަށް ވާނެ ކަމަށްވެސް ބުނެވެ އެވެ.

ވިއެޓްނާމްގެ ބޭނުމަކީ އެ ގައުމަކީ އެމެރިކާއަށް މުޅިން ހުސްވެފައި އޮތް ގައުމެއް ނޫންކަށް ދެއްކުމެވެ.

ޕޫޓިން ވަޑައިގެންފިނަމަ ރަޝިއާ އާއި ވިއެޓްނާމްއާ ދެމެދު ވިޔަފާރީގެ އެއްބަސްވުންތައް ހަދައި ތަރައްގީގެ މުއާހަދާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ރަޝިއާއާ އެކު ވިއެޓްނާމް ސޮއިކުރާ އެންމެ މުހިއްމު އެއްބަސްވުމަކަށް ވާނީ ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއިން ހަތިޔާރު ހޯދުމަށް އެއްބަސްވާ އެއްބަސްވުމެވެ.

ވިއެޓްނާމްގެ ރައްކާތެރިކަން ބެލެހެއްޓުމަށް އެމެރިކާއާ ހަވާލުނުކޮށް ރަޝިއާ ކޮޅަށް ބުރަވުމުގައި ވިއެޓްނާމަށް އޮތީ އިތުބާރު ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާ އަކީ އެ މީހުންގެ ޝައުގުވެރިކަމަށް ބުރޫއަރައިފިނަމަ ގައުމުތަކަށް ދަތިކުރާ ބައެއް ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

ރަޝިއާ އާއި ޗައިނާގެ ވިސްނުމަކީ ދިމާވާ ދަތިތައް މަޝްވަރާކޮށްގެން ހަމަޖެއްސުން އަދި މަޝްވަރާކޮށް ނައްތާލުން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.