ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ އަންހެނުންގެ ގޮނޑިއަށް ޔުމްނާ

ށ. ފުނަދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި އިންތިހާބަކާ ނުލައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް ށ. ފުނަދޫ މާބަގީޗާގެ އާމިނަތު ޔުމްނާ ހޮވިއްޖެ އެވެ.

ފުނަދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިން އިސްތިއުފާ ދެއްވީ ސުވައިދާ ހުސައިން އެވެ.

ޔުމްނާ އިންތިހާބުވީ ކުރިއަށް އޮތް ޖޫން އަށްވަނަ ދުވަހު ބާއްވަން ހަމަޖެއްސި ފުނަދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލުމުން ޔުމްނާ ފިޔަވާ އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.

ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން އެންމެ ފަހުން މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ހަ ރަށެއްގެ ކައުންސިލް ބައި އިލެކްޝަންތަކުގެ ތެރެއިން ހަތަރު ކައުންސިލް ކާމިޔާބު ކުރީ ޕީއެންސީ އިންނެވެ.