އިޒުރޭލަށް އެއްވެސް ކަމެއްގައި ރަތް ރޮނގެއް ނޯންނާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި ހަމާސް ބަލިކުރަން އިޒުރޭލުން ކުރާ ކޮންމެ މަސައްކަތެއްގައި އެމެރިކާގެ ބައިވެރިވުން އޮންނާނެ އެވެ. އަދި އެމެރިކާއިން އެހީ ނުދޭ މިންގަނޑެއްގެ ތެރެއަށް އިޒުރޭލު ދުވަހަކުވެސް ނުފެތޭނެ ކަމަށެވެ.
އިޒުރޭލުގެ އަސްކަރިއްޔާ އިން ބޭނުން ބަޔަކަށް ބޭނުން ވަރަކަށް ހަމަލާދޭންވީ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ބްލިންކެން ވިދާޅުވީ ޣައްޒާއަށް އަރައިގަނެ އިޒުރޭލުގެ އަސްކަރިއްޔާ އިން ހިންގަމުން ގެންދާ އަމަލުތައް އެމެރިކާއަށް ކަމުނުދާ ކަމަށެވެ.
ރަފާހްއަށް އަރައިގަނެ އެ އަވަށުން މީހުން ބޭރުކުރުމަކީ އެމެރިކާ އެދޭ ގޮތް ނޫން ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމާސް ބަލިކުރުމަށް ކަމަށް ބުނެ އާންމު ރައްޔިތުންނަށް އަނިޔާވެރިވުން ބަލައި ނުގަންނަ ކަމަށެވެ.
ބްލިންކެން ވިދާޅުވީ އިޒުރޭލަށް ނުރައްކާ އޮތް ކަމެއްގައި އެމެރިކާއަށް ވެސް ނުރައްކާ އޮންނާނެ ކަމަށެވެ. ރަފާހްގައި އަސްކަރީ އޮޕަރޭޝާނެއް ހިންގަން ވާނީ އާންމުންނަށް އަނިޔާ ނުކޮށް އަދި އާންމުންގެ މުދަލަށް ގެއްލުން ނުވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
އެންޓަނީ ބްލިންކެން މިހެން ވިދާޅުވި ނަމަވެސް ޒަޔަނިސްޓުންނަނީ އަނިޔާވެރިކަމުގައި މުސްލިމުންނަށް އެއަށް ވުރެ ނުބައި ބަޔަކު ނެތް ވަރުގެ ބައެކެވެ. މުސްލިމުންނަށް ހެޔޮއެދިގެން ޒަޔަނިސްޓް ޔަހޫދީން އެއްވެސް ކަމެއް ނުކުރާނެ އެވެ.
އެންޓަނީ ބްލިންކެންއަށް މި ތަނުގައި އެނގިވަޑައިނުގެން އޮތް ކަމަކީ އިޒުރޭލު މިހާރު ވެސް ފުޅާވެގެންފައި އެ އޮތީ އަރަބިންގެ ބިންތަކެއްގައި ކަމެވެ. އަރަބިންގެ ބިންތައް ދޫކޮށް ދިއުމުން އިޒުރޭލަށް އެއްވެސް ގެއްލުމެއް ނެތްކަން ހާރިޖީ ވަޒީރަށް އެނގިވަޑައި ނުގަތުމަކީ ލަދުވެތި ކަމެކެވެ.
ޣައްޒާ ހަނގުރާމަ އަކީ އެމެރިކާއިން ހޭދަކޮށްގެން ކުރުވާ ހަނގުރާމަ އެކެވެ. ފަލަސްތީންގެ ބިންތައް ފޭރިގަނެ އާންމުންގެ މުދާތައް ލޫޓުވަން އެންމެ ބޮޑަށް އިޒުރޭލަށް އެހީތެރިވަނީ އެމެރިކާ އާއި އިނގިރޭސީންނެވެ.
އަނެއްކޮޅުން ހުޅަނގުގެ އިއްތިހާދުގައި ހިމެނޭ ޖަރުމަނާއި ފަރަންސޭސިންނަކީ ވެސް ޒަޔަނިސްޓުންނަށް ވަރަށް ބޮޑަށް ވާގިވެރިވާ ދެ ގައުމެވެ.
މި ބައިގަނޑުގެ އެހީތެރިކަމެއް ނެތް ނަމަ އަރަބިންގެ ބިންތަކުގައި އިޒުރޭލެއް މިހާރަކު ނޯންނާނެ އެވެ.