އަބަދުވެސް އެއްބައިވަންތަކަމުގެ މަތީގައި ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދި ވަޑައިގެންފި އެވެ. އެމަނިކުފާނު މިގޮތަށް އެދި ވަޑައިގެންފައި ވަނީ ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް އެރި ސުނާމީ ކާރިސާގެ ހަނދާތައް އާ ކުރައްވާ ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ. -- ސުނާމީގެ ދުވަސް ދިވެހިން ފާހަގަ ކުރަނީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަނީ ރ. ދުވާފަރުގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ 2004 ވަނަ އަަރުގެ ސުނާމީގެ ނާމާން ކަމާއި ބިރުވެރި ކަމާއެކުވެސް ދިވެހިން ދެއްކި އެއްބައިވަންތަ ކަމަށް ދިވެހިން އަބަދަށް ފަހުރުވެރިވާނެ ކަމަށެެވެ. ރައީސް އަދި ވިދާޅުވީ "އެ ދުވަހު އަޅުގަނޑުމެމް ދޫކޮށްދިޔަ އެންމެނަށް ހެޔޮ ރަހުމައްލައްވައި ދިވެހިން އަބަދުމެ އެއްބައެއްގެ ގޮތުގައި ލެއްވުމަށް އެދި މާތް ﷲ އަށް ދުއާ ދަންނަވަން" ކަމަށެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ރާއްޖެއަށް ސުނާމީއެއް އެރީ އިންޑޮނޭޝިއާގެ ހުޅަނގުން ކަނޑުގެ ސަރަހަދަށް ރެކްޓަ މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު އުފެދުނު ބިޔަރާޅުންވެ. އެ ރާޅު ރާއްޖެ ފަހަނަ އަޅައި އެފްރިކާ ބައްރުގެ އައްސޭރިއަށް ދަތުރުކޮށް އައްސޭރިފަށުގެ އެތައް ގައުމެއް ވަނީ ފަނާ ކޮށްލި އެވެ. މިހާދިސާގައި 230،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު 45،000 އަށް ވުރެ ގިނަ މީހުން ގެއްލި 1.6 މިލިއަން މީހުންގެ ގެދޮރު ގެއްލުނެވެ.
ބާރުގަދަ ސުނާމީގެ ރާޅުތައް ރާއްޖެއަށް ފޯރީ ޑިސެމްބަރު 26، 2004 ގެ ހެނދުނު 9:20 ގައެވެ. އެ ހާދިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނު އިރު 11،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އެތައް ރިޒޯޓެއް ހަލާކުވި އެވެ. އެހާދިސާއާއި ގުޅިގެން ރާއްޖޭގެ ހަތަރު ރަށެއް ފަޅުވި އެވެ.