ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މިއަދު ދުވާފަރާއި ހެނބަދުއަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނ. އޮތޮޅަށާއި އަދި ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މި ދަތުރުގައި ރައީސް ރ. ދުވާފަރަށް ވަޑައިގެން އެރަށުގައި ބާއްްވާ އެއްބައިބަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވަޑައި ގަތުމަށްފަހު، އ އެއަތޮޅުގައި އަލަށް ހުޅުވާ ކުޑަދޫ އައިލެންޑް ރިޒޯޓް ހުޅުއްވައިދެއްވާނެ އެވެ. އަދި ނ. ހެބަދޫ އަށް ވަޑައިގެން އެރަށުގައި ނަރުދަމާގެ ނިޒާމު ފައްޓަވައިދެއްވާނެ އެވެ.

މި ދަތުރުތަށް ނިންމާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.