ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރ. ދުވާފަރު ކައުންސިލްގެ މެންބަރުންނާއ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މި އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ދާ ގޮތުގެ މައުލޫމާތު ރައީސް ސޯލިހާ ހިއްސާ ކޮށްފައެވެ. އަދި ރަށުގެ ތަރައްގީއަށް ކުރިއަތް އޮތް ތަނުގައި ރާވާފައިވާ ކަންކަމާއި މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރި އެވެ.
ދުވާފަރުގައި މިއަދު ބާއްވާ އެއްބައިވަން ކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.