ހަބަރު

ރައީސް ހެނބަދޫއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނ، ހެނބަދޫއަށް ވަޑައިގެންފި އެވެ.

ރައީސް ހެނބަދޫއަށް ވަޑައިގެން އެރަށުގައިި ނަރުދަމާ ނިޒާމް ފައްޓަވައި ދެއްވުމަށް ހަމަޖެހިފައި ވެއެވެ. އެ މަނިކުފާނާއެކު އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވެސް އެރަށަށް ވަޑައިގެންނެވި އެވެ.

ރައީސް ރ. އަދި ނ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އިއްޔެވަނީ ރ. ދުވާފަރަށް ވަޑައިގެން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށް ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ.

އިއްޔެ ވަނީ އެމަނިކުފާނުގެ އުފަން ރަށް، ޅ ނައިފަރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި މިއަދު ވަނީ އެއަތޮޅު ނައިފަރަށްވެސް ވަޑައިގެންފަ އެވެ.