ހަބަރު

ރައީސް ހެނބަދޫ ނަރުދަމާ ހިދުމަތް ފައްޓަވައި ދެއްވައިފި

ނ. ހެނބަދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވައިފި އެވެ.

ހެނބަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަކީ ޗަންޕާ ބްރަދާސްގެ ފަރާތުން އެޅި ނަރުދަމާ އެކެވެ. އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން އެމަސައްކަތް ފައްޓާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.

މަޝްރޫއުގެ ދަށުން ޕަމްޕް ސްޓޭޝަންތައް ގާއިމު ކުރެވި، މުޅި ރަށުގައި ޕައިޕްލައިން އަޅައި ހުރިހާ ގެއަކަށް ނަރުދަމާގެ ހިދުމަތް ދޭނެ އެވެ. އެމަޝްރޫއުއަކީ 18.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމު ކުރި ނަޒާމެކެވެ.