ހަބަރު

ދޯންޏަކާއި ރިސޯޓެއްގެ ފެރީއެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ

ގދ. ހައުޑިގަލާ ކިޔާ ފަޅުރަށެއް ކައިރިން ދޯންޏަކާއި ރިސޯޓެއްގެ ފެރީއެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ގދ. ހައުޑިގަލާ ކިޔާ ފަޅޫ ރަށެއް ކައިރީގައި ރިސޯޓެއްގެ ފެރީއަކާއި މަސްދޯންޏެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި އެމައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 11:15 ހާއިރު ކަމަށާއި، އެކްސިޑެންޓްގައި ފަސް މީޙަކަށް އަނިޔާވެ ގދ. ތިނަދޫގައި ހުންނަ އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ފެރީއާއި ލޯންޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިިބިފަ އެވެ.