ހަބަރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ސުހައިލް އައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ސުހައިލް އަހުމަދު އައްޔަން ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ސުހައިލް އެ މަގާމަށް އައްޔަންކޮށްފައިވާ އިރު، ސުހައިލް އަކީ އެޗްޑީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވާނީ މީގެ ކުރިންވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ގިނަ ދުވަސްތަކެއް ވަންދެން އަދާކުރައްވާފަ އެވެ. އޭނާ އެމަގާމަށް ކުރިން އައްޔަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން 2015 ވަނަ އަހަރު އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާއި ހެދިކަމަށް ބުނެ އެވެ.