މަސްތުވާތަކެތި

ގިނަ އަދަދެއްގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

Dec 31, 2018
3

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބ. ދަރަވަންދޫން މީހަކު ހައްޔަރު ކޮށްފި އެވެ.

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މިދިއަ ހޮނިހިރު ދުވަހު ދަރަވަންދޫ ބަނދަރު ސަރަޙައްދުންނެވެ. އެ ސަރަހައްދުން އެމީހާ ހުއްޓުވައި ބަލައި ފާސް ކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 65 ޕެކެޓް ފެނުނެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސްދީފަ އެވެ.