ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފައްދާފައިވާ އެމްޓީޑީގެ ނައިބު ރައީސް ކަމަށް އިތުރު ބޭފުޅަކު ޕާޓީގެ ކައުންސިލުން އައްޔަން ކޮށްފި އެވެ.
އެމްޓީޑީގެ ދެވަނަ ނައިބު ރައީސް ކަމަށް އައްޔަން ކުރީ އެ ޕާޓީގެ ކައުންސިލް މެމްބަރު ސާއިފު އަހުމަދު އެވެ. އޭނާ އައްޔަން ކޮށްފައި ވަނީ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ.