ހަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ލަންކާއަށް ފުރާވަޑައިގެންފި

ރައީސް އިބްރާހީމް އިބްރާހިމް މުހައްމަދު ސޯލިހު، ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ރައީސް މިއަދު ވަނީ ސްރީލަންކާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާވެސް ބައްދަލު ކުރައްވާފަ އެވެ. ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެކެވެ.

ވެރިކަމާ ހަވާލު ވެވަޑައިގަތުމަށްފަހު ރައީސް ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި ވަނީ އިންޑިއާ ސަރުކާރާއެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށް، ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ހިލޭ އެހީއާއި، ލޯންގެ ގޮތުގައިވެސް ފައިސާ ލިބޭނެގޮތް ހަމަޖައްސަވާފަ އެވެ.