ވިޔަފާރި

28 އަހަރަށްފަހު މާނު ދިރާގުން ރިޓަޔާކޮށްފި

Jan 5, 2019
3

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގަ) އަށް 28 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، އަހުމަދު މައުމޫން (މާނު) އެ ކުންފުނިން ރިޓަޔާކޮށްފި އެވެ.

ދިރާގުގައި އެންމެ ދުވަސްވީ އެއް މުވައްޒަފުންގެ ތެރޭގައި ގޮތުގައި ހިމެނޭ މާނު އެ ކުންފުނިން ރިޓަޔާ ކުރުމާ ގުޅިގެން "އަވަސް" އަށް މިއަދު ވިދާޅުވީ ދިރާގުން ވަކިވެޑައިގަތީ އެހެން ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

"ސަބަބެއް އޮވެގެންނެއް ނޫން، އާ ދާއިރާ އަކަށް މި ނުކުމެވުނީ،" މާނު ވިދާޅުވި އެވެ.

ސްކޫލް ނިންމުމަށްފަހު، ދިރާގުގައި ވަޒީފާ އަދާކުރަން ފެއްޓެވި މާނު އަލަށް ގުޅިވައިޑައިގަތީ ރާއްޖޭގެ އެއާލައިނެއްގައި މަސައްކަތް ކުރެއްވުމަށެވެ.

ދިރާގުން މާނު ރިޓަޔާ ކުރެއްވިއިރު އޭނާ ހުންނެވީ އެ ކުންފުނީގެ ބިޒަންސް ޑިވްލޮޕްމަންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

މާނު ވަނީ ދިރާގުގެ ވިޔަފާރި ކުރިއެރުވުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަދި ރާއްޖޭގެ މުއާސަލާތީ ދާއިރާ ކުރިއަރައިގެން އައުމުގައި މި ދާއިރާ އަށް ވެސް މާނު ވަނީ ގިނަ ހިދުމަތް ތަކެއް ކޮށްދީފައިވެ އެވެ.