ހަބަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވާ އެއް ސަބަބަކީ ބެލެނިވެރިންގެ ރޯލް އަދާ ނުކުރުން: ޖާނީ

Jun 26, 2015

މަސްތުވާތަކެތީގެ ވަބާގެ މައްސަލައަށް ހައްލު އައިސްފައި ނުވަނީ  އެ މައްސަލައަށް ހައްލުހޯދުމުގެ މުހިއްމު އެއްބައި ކަމަށްވާ ބެލެނިވެރިން އެކަމުގައި އަދާ ކުރަންޖެހޭ ރޯލް ފުރިހަމައަށް އަދާ ކުރަން ބައިވެރި ނުވުމުގެ ސަަބަބުން ކަމަށް ޖާނީ ބުނެފި އެވެ.

އިންޓަނޭޝަނަލް ޑްރަގް ޑޭ އާ ގުޅުވައި ޖާނީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ރާއްޖެއަށް ހިރޮއިން ފަދަ މަސްތުވާ ތަކެތިތަޢާރަފްވިފަހުން ގާތްގަޑަކަށް 25 އަހަރު ވާއިރު މަސްތުވާ ތަކެތީގައި ޖެހި ދިރިއުޅުން ހަލާކުވަމުންދާ މީހަކު ނުފެނި ބޮޑުވި ޒުވާނަކު މިހާރު ރާއްޖޭގައި މަދު ނޫން ކަމަށާއި  އެންމެ ބޮޑު ހިތާމައަކީ މަސްތުވާ ތަކެއްޗަށް ދެވިހިފައިފައިވާ މީހުންގެ ހާލު ފެނި ހުރެވެސް ބޮޑެތިވަމުންދާ އެތައްއެތައް ކުދިންނެއް އަދިވެސް މަސްތުވާ އެއްޗިހި ޓެސްޓްކޮށް އެއަށް ދެވިހިފަމުން ދިއުން ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ސަރުކާރާއި ޖަމިއްޔާތަކުން މި މައްސަލައށް ހައްލު ހޯދަން މިހާ ގިނަދުވަހު މަސައްކަތް ކުރަމުން ދިޔައިރުވެސް ހައްލެއްއައިސްފާ ނުވުމުގެ އަސްލަކީ ހައްލުހޯދުމުގެ މުހިއްމު އެއްބައި ކަމުގައިވާ ބެލެނިވެރިން މިކަންކަމުގައި ފުރިހައަށް ބައިވެރި ނުވުން ކަމަށެވެ.

"ރިސާޗް އިން އިގޭ ފަދައިން މަސްތުވާ ތަކެތިން ސަލާމަތް ވެފައިވާ ޖީލް އެއްބިނާ ކުރުމަށް ބެލެނިވެރިންގެ ބައިވެރިވުން ލިބުމަކީ އެންމެ މުހިއްމު އެއްކަމެވެ. ކުޑަކުއްޖަކު ބޮޑުވެގެން އަންނައިރު އެންމެ އިސްރޯލެއް ކުޅޭ އެއްބަޔަކީ ބެލެނިވެރިންކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ... ބެލެނިވެރިންނަށް މަސްތުވާ ތަކެތީގެ ފުރިހަމަ މައުލޫމާތު އެގިފައި އޮތުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އޭގެ ތެރޭގައި މަސްތުވާ ތަކެއްޗަށް ޢާންމުކޮށް ދަނީ ކޮންކަހަލަ މިޒާޖެއް ހުންނަކުދިންނެއް ކަމާއި، ކުދިންނަށް ދަސްކޮށްދޭންޖެހެނީ ކޮންކަހަލަ ހުނަރުތަކެއްކަމާއި، މަސްތުވާ ތަކެތި ބޭނުންކުރަން ފައްޓަނީ ކީއްވެގެން ކަމާއި، އެކިއުމުރުގައި ކުދިންނަށް ދޭންޖެހެނީ ކޮންކަހަލަ މަޢުލޫމާތުތަކެއްކަމީ މީގެ ބައެއް ކަންކަމެވެ،" ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ބުނީ އަލަށް މަސްތުވާ ތަކެތި ބޭނުންކުރަން ފަށާ ކުދިން މަދުކޮށް، ޖީލު ސަލާމަތް ކުރަން ނަތޯޖާ ނެރެވޭނެ ގޮތްތަކާއިމެދު ވިސްނާ ހައްލު ހޯދުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށާއި ބެލެނިވެރިން މިކަމަށް ސަމާލުވެ ފުރިހަމަ މައުލޫމާތު ހޯދާ، ދަރިން ހަރުދަނާ ބަޔަކަށް، އަދި މަސްތުވާ ތަކެއްޗަށް ނޫނެކޭ ބުނާނެ ބަޔަކަށް ހެދުމުގެ ޒިންމާ ފުރިހަމައަށް ނަގަން ގޮވާލާ ކަމަށެވެ.

"ކެރިގެން ހަގީގަތާއި ކުރިމަތިލާ، ސިއްރުކުރުމުގެ ބަދަލުގައި ކަމުގެ ތަޖުރިބާކަރުންގެ އެހީ ހޯދާ ދެވޭފަރުވާގައި ބެލެނިވެރިންގެ ބައި ފުރިހައަށް އަދާކޮށް  ކުދިން އެނބުރި މުޖުތަމަށް އައުމުން އެކުދިންގެ އިހުސާސްތައް ދެނެގަނެ އެކުދިންގެ އަމަލު ތައް ކާރިން ބަލާ ބަޔަކަށް ވުމަށްވެސް ގޮވާލަމެވެ،"