ޝައިހް އަލީ ޒައިދު

"ލާދީނީ" ލަފުޒުގެ ތަރުޖަމާއެއް ޝައިހު ދެއްވައިފި

Jan 6, 2019
12

"ލާދީނީ" އެ ލަފުޒުން ނިސްބަތް ވުމާއި އޭގެ މާނައަކީ މީހާ ދީނުން ބޭރުވުންނޫން ކަމަށް ފަހަކަށް އައިސް ރާއްޖޭގައި ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ދީނީ އިލްމުވެރިޔާ ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝައިޚް މި މޭރުމުން ލަފުޒެއް މާނަކޮށް ދެއްވީ އޭނާ ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ. މި ފަދަ މާނަ ކުރުމެއް ޝައިހު ގެނެސް ދެއްވީ ވެރިރަށް މާލޭގެ އިރުމަތީ ފަރާތުގައި އިމާރާތް ކުރަމުން އަންނަ "ކިންގް ސަލްމާން މިސްކިތް" އެއީ "ހަޑި ހުތުރު" އިމާރާތެއް ކަމަށްބުނެ މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާ ކުރި ޓްވީޓަކާ ގުޅިގެނެވެ.

އާނިޔާ ކުރި ޓްވީޓް

ދީނުގެ ހުކުމަކާ ގުޅޭ މައްސައެއްގައި މީގެ ކުރިން ވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ އާނިޔާގެ ޓްވީޓްގައި ސަލްމާން މިސްކިތަށް ނިސްބަތްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރީތި މަންޒަރު ބަލަން "ދިސް އަގުލީ ސްޓަރްކްޗާ" ނުވަތަ "މި ހުތުރު އިމާރާތް" ހުރަސް އަޅާ ކަމަށެވެ.

އާނިޔާގެ ޓްވީޓާ ގުޅިގެން ޝައިހު ފުރަތަމަ ވިދާޅުވެފައި ވަނީ ސަލްމާން މިސްކިތް ހަޑިކަމަށް ބުނެ ވާހަކަ ދައްކަނީ "ލާދީނީ" ބައެއް މީހުން ކަމަށެވެ. ޝައިހުގެ އެ ޓްވީޓަށް ފަހު އާނިޔާ ތުހުމަތު ކޮށްފައިވަނީ، ޝައިހު އޭނާގެ ދީނީ އަގީދާއާމެދު ސުވާލު އުފައްދާފައިވާ ކަމަށާއި މުޖުތަމައު ފަސާދަ ކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.

ޝައިހުގެ ޓްވީޓް

ނަމަވެސް ލަފުޒްގެ ތަރުޖަމާއެއް ދެއްްވައި ޝައިހު ފަހުން ވިދާޅުވީ "ލާދީނީ" ގެ މާނަ އަކީ "ދީނުން ބޭރުވުން" ނޫން ކަމަށެވެ. އަދި ގިނަ ކަންކަމުގައި އެ ލަފްޒު ބޭނުން ކުރަނީ، އިސްލާމީ ހުކުމްތަކާ ފުށުއަރާފަދަ ފިކުރާއި ބަސްމަގު ގެންގުޅޭ މީހުނަށް ކަމަށެވެ. ދި އޭގެ މާނައަކީ "މުރުތައްދުވުން ނޫން" ކަމަށެވެ.

ސަލްމާން މިސްކިތާ ގުޅިގެން އަނިޔާގެ ސިފަ ކުރުމާ ގުޅިގެން ތަފާތު ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އާނިޔާގެ ދިފާއުގައި އަޑު އުފުލާ ބަޔަކު ވެސް އުޅެ އެވެ.