ހަބަރު

ތަރިކައާއި ސަގާފަތާއި ގުޅޭ އިންޑިއާގެ ވަފުދެއް ރާއްޖެ ވަޑައިގެންފި

ތަރިކަ އާއި ސަގާފަތާއި ފަންނުވެރިކަމުގެ ދާއިރާއިން އިންޑިޔާގެ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.

މި ވަފުދު ރާއްޖެ އާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސަގާފީ ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް
އަންޑަސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން"ގައި ސޮއިކޮށްފައި ވެއެވެ.

އެ އެއްބަސްވުމާއި ގުޅިގެން އެ ދާއިރާތަކުގެ ފަންނީ މާހިރުން ހިމެނޭ އިންޑިޔާގެ ވަފުދެއްވަނީ އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. އެ ވަފުދުގެ ބޭފުޅުން ހެރިޓޭޖް މިނިސްޓްރީގެ ވެރިންނާ ބައްދަލު ކުރެއްވުމަށްފަހު އެ ދާއިރާގެ މުއްސަސާތަކަށް ޒިޔާރަތްކުރައްވާ އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމަކީ ކޮބާތޯ ގެންދަވަނީ ބައްލަވަމުންނެވެ.