ހަބަރު

ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ކައުންސިލްތަކުގެ ހިޔާލު ހޯދަނީ

Jan 14, 2019
1

ލާމަރުކަޒީ ނިޒާމް ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި ކައުންސިލްތައް ބާރުވެރި ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ކައުންސުލްތަކުގެ ހިޔާލު ހޯދަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

އެލްޖީއޭ އިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވަައުދުތަކުގެ ތެރޭގައި ހިމެނޭ ގޮތަށް ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ކުރިމަަތިވާ ދަތިތައް ކޮބައިކަމާއި އިސްލާހު ކުރަން ފެންނަ ގޮތެއް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

ކައުންސިލްތައް ބާރު ވެރި ކުރުމަށް ގާނޫނު އިސްލާހު ކުރަން ރާވާފައި ވަނީ ކައުންސިލްތަކުގެ އިތުރުން އަމިއްލަ ޖަމާއަތްތަކާއި ރައްޔިތުންގެ ހިޔާލުތައް ވެސް ހޯދައިގެން ކަމަށް އެލްޖީއޭ އިން ބުންޏެވެ. އެ ހިޔާލުތަކަށް ބަލައިގެން އޭޖީ އޮފީހުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.