ހަބަރު

ކާރެއް ކޮންޓްރޯލުން ނުވެ ހިތަދޫ އެސްބީއައި ބްރާންޗު ތެރެއަށް ވަދެއްޖެ

ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި)ގެ ބްރާންޗެެެއްގެ ތެރެއަށް ވަދެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވި އެ ކާރު އެސްބީއައި ބްރާންޗްގެ ތެރެއަށް ވަނީ، އިމާރާތުގެ އަރިމަތީގައި ޖަހާފައި ހުރި ބިއްލޫރިގަނޑުގައި ޖެހިގެން އެވެ. އެ ހާދިސާގައި ކާރުގެ އެއްބައި އެސްބީއައި ތެރެއަަށް ވަދެފައިވާ އިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ބުނީ ހިތަދޫގައި އެކްސިޑެންޓެއް ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.