ބ. އޭދަފުށީގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މިސްކިތެއްގެ ތެރެއަށް ވަދެއްޖެ އެވެ.
ދައުރުވަމުންދާ ފޮޓޯތަކުން ފެންނަށް ގޮތުގައި ކާރު ކޮންޓްރޯލް ނުވެ މިސްކިތުގެ ބޭރުފާރުގައި ޖެހުމުގެ ސަބަބުން ފާރުގެ ބައެއް ވަނީ ވެއްޓިފަ އެވެ. މިއަދު ހިނގި މި އެކްސިޑެންޓުގައި ކާރައްވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.
ކާރުދުއްވަން އިން ޑްރައިވަރަށް މި އެކްސިޑެންޓުގެ ސަބަބުން އަނިޔާއެއް ވެފައެއް ނުވެ އެވެ. ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާއަކީ ވަގުތީ ލައިސަންސެއް އޮތް މީހެއް ކަމަށެވެ.