ރާއްޖެ ކުޅިވަރު

ނިއުގެ ޖެނެރަލް ސެކްރެޓަރީއަކަށް ވިޝާމް

ނިއު އިން ބުނީ ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން މިހާރު ކުރަމުންދާ ޓޮމް އެ ކްލަބްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި އެ ކްލަބަށްކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނިއުގެ ބޯޑު މެމްބަރު އަހުމަދު ޒަރީރް މިއަދު ވިދާޅުވީ ގާނޫނީ ވަކީލެއް ކަމަށްވާ ވިޝާމް އަކީ ނިއުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މި ވަގުތު އެންމެ އެކަށީގެންވާ ފަރާތް ކަމަށެވެ.

"ޓޮމް ނެގުމަށް ފަހު، މި މަގާމަށް އެންމެ އެކަށީގެންވާ މީހަކީ ވިޝާމް. ވިޝާމް މި އަހަރު މެނޭޖަރުގެ ޒިންމާތައް ވަރަށް ރަނގަޅަށް އަދާކޮށް، ވަރަށް ގިނަ ބައެއްގެ ރުހުމާއި އިހުތިރާމް ހޯދި،" ޒަރީރް ވިދާޅުވި އެވެ.

ވިޝާމް ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވުމުން،ހުސްވެފައިވާ ނިއުގެ މެނޭޖަރުގެ މަގާމަށް އެ ކްލަބުން އަދި މީހަކު ހަމައެއްނުޖައްސަ އެވެ.

މިދިޔަ ސީޒަންގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ނިއުގެ ކޯޗަކަށް އަންނަ އަހަރު ވެސް ހުންނާނީ ފިންލެންޑްގެ މިކާ ލޮންސްޓްރޮމް އެވެ.