ރާއްޖޭގައި ގޭސްވިއްކާ ދެ ކުންފުންނި، ވިލާ ގޭހާއި މޯލްޑިވްސް ގޭސް އިން ވިއްކާ ގޭސް ފުޅީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން މަޝްވަރާ ކޮށްފި އެވެ.
ދެ ކުންފުންޏާއެކުގައި ބޭއްވި މަޝްވަރާތަކުގައި ގޭސް ލީކުވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކުގެ ތަފާސް ހިސާބުތަށް ހިއްސާ ކުރުމާއެކު ގޭސް ފުޅީން ލީކުވާ ހާލަތްތަކުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާ ފާހަގަކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި އެވެ.
މީގެ އިތުރުން ގޭހުގެ ހިދުމަތްދޭ ފަރާތްތަކާއި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ކުރުމައި ގޭސް ލީކުވާ ހާދިސާތައް ތަހުގީގު ކުރުމުގައި ދެވެން ހުރި އެއްބާރުލުމާ ބެހޭގޮތުން ވެސް ހިޔާލު ބަދަލު ކުރި އެވެ.