ހަބަރު

ގޭސްފުޅިތަކެއް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެެދެފި

މާލެ ސަރަހއްދުގެ ކަނޑަށް ގޭސްފުޅިތަކެއް ދޫވެ އޮޔާ ދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ތިލަފުށިން ފުރައިގެން މާލެ ދަތުުރުކުރި ދޯންޏަކުން ގުޅީފަޅު ނެރުމައްޗާއި ދިމާލުން ގޭސްފުޅިތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މިއަދު 15:00 ހާއިރު މޯލްޑިވްސް ގޭސް ކުންފުނީިގެ "ގޭސްމާ" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓިފައި ވަނީ ފެހި ކުލައިގެ 10 ކިލޯގެ 6 ގޭސްފުޅި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެ ދަތުރުކުރުމަށް ވަނީ އެދިފަ އެވެ. އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.