ކާނާ

ހުކުރު ކުކުޅު!

ހުކުރު ދުވަހެއްވެއްޖިޔާ ގިނަމީހުން އެންމެ ގަޔާވާ ވަގުތުކޮޅަކީ ހުކުރަށްފަހު އޮންނަ މެންދުރުގެ ކެއުމުގެ ވަގުތެވެ. ގޭ އެންމެން އެއްކޮށް މޭޒުދޮށުގައި ކާން ޖައްސާލާ މީރު ކުކުޅެއް ކާލުމެވެ.

ހުކުރު ދުވަހަށް ބޭނުންވާ ކުކުޅު ގަތުމަށް ބުރާސްފަތި ދުވަހުގެ ރޭ ފިހާރަތަށް އޮންނަނީ ފުރިބާރުވެފަ އެވެ. މިހާރު ބޮޑެތި ސުޕާމާކެޓްތަކުން ކުކުޅު މެޝިނުން ކޮށައި ދޭތީ އިތުރަށް ފަސޭހަވެފައި ވަގުތު ސަލާމަތް ވެއެވެ. އެކަމަކު ކުކުޅު ކޮށައިދޭތީ އެ ފިހާރަތަކުގައި އަމުދުން ކުކުޅު ކިއު ބޮޑުވެގެންދެއެވެ. ފަހު މިނެޓަށް މަޑުކޮށްގެން ތިބިފައި ގޮސް ކުކުޅު ގަންނަ މީހުންނާއި ހެދި ހުކުރުދުވަހު ހެނދުނުވެސް ކިޔޫ އޮވެއެވެ. ދިވެހިން އާއްމުކޮށް ކައި އުޅޭ ކަނޑުމަހަށްވުރެ ބައެއްފަހަރު ކުކުޅުގެ އަގު ހެޔޮވުމާއި މީރު ކަމަކީ ކުކުޅުގެ ޑިމާންޑް ބޮޑުވާ އެއް ސަބަބެވެ.

ހުކުރު ދުވަހު ކުކުޅު ނުކަންޏާ ހުކުރުހެންވެސް ހީނުވާކަމަށް ބައެއް މީހުން ބުނެއެވެ. އެހެންނަމަވެސް ބައެއް ގޭގޭގައި ހުކުރުދުވަސް ހާއްސަވަނީ ދިވެހި ކެއުމުގެ ދުވަހަކަށެވެ. ދިވެހި ކެއުމުގައި ވެސް އަލަ އާއި ގަރުދިޔަ އާއި ހުނި އަދި ފިހުނު މަހާއި ލޮނު މިރުސް މިއީ ކޮންމެހެންވެސް ހުންނަންޖެހޭ އެއްޗެކެވެ. ކުކުޅުގެ ވެސް ރިހައިގެ ދުވަސް ހިނގައްޖެ އެވެ.

ކުކުޅު މިހާރު ކަމުދަނީ ޑެވިލްޑް ޗިކަން އާއި ޗިލީ ޗިކަން ނުވަތަ ކުކުޅުގައި ހަދާ ބިރިޔާނީންނެވެ. ކުކުޅާއެކު ކެއުމަށް ކޮންމެހެން ސެލެޑް އަދި ޕާޕަރު ހުންނަންޖެހެ އެވެ. އެހެންނޫނީ ކެއުން ފުރިހަމަ ނުވާކަމަށް ބުނެއެވެ. މިފަހަރު މިގޮތަށް ކުކުޅު ހަދާލައިގެން އަޖުމަ ބަލާލުން ކިހިނެއްވާނެތޯ؟

މޮރޮކަން ޝީޓް ޕޭން ޗިކަން!

  • ތައްޔާރު ކުރުމަށް: 15 މިނެޓު
  • ކައްކަން: 30 މިނެޓު
  • ޖުމްލަ: 45 މިނެޓު

ބޭނުންވާތަކެތި

ސްޕައިސް މިކްސްޗާ
4/3 ސައިސަމުސާ ލޮނު
4/1 ސައިސަމުސާ މުގުރި ދިރި
4/3 ސައިސަމްސާ ޕަޕްރިކާ
4/3 ސަމްސާ ރީނދޫ
8/1 ސައިސަމުސާ ކޭޔިން ޕެޕަ
4/1 ސައިސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
1 މޭޒުމަތީ ސަމުސާ ބަޓަރު
4 ލޮނުމަދު އަރި
ޕޭން ޗިކަންއަށް ބޭނުންވާ ތަކެތި
3 ޗިކަން ކުއާޓާރސް (ހަމާއި އެއްކޮށް)
1 ލުނބޯ
2 ބޮޑު ފިޔާ
2 ސައިސަމުސާ އޮލިވް އޮއިލް
4/1 ސައިސަމުސާ ލޮނު
1 ސަމުސާ ރީނދޫ
1 ޖޯޑު ފެހި އޮލިވް (އޮށްނަގައިފައި)
2 މޭޒުމަތީ ސަމުސާ ކޮށާފައި ހުރި ކޮނތަބިރިފަތް

ހަދާނެ ގޮތް

1 - 475 ޑްގްރީ ފެރެންހައިޓަށް އަވަން ހޫނު ކުރާށެވެ.
2 - ކުޑަ ބޯތައްޓެއްގައި ސްޕައިސް ރަބް ނުވަތަ މިރުސްގަނޑު ތައްޔާރު ކުރުމަށް ލޮނާއި، ދިރި، ޕަޕްރިކާ، ރީދޫ، ކޭޔިން ޕެޕާ އަދި އަސޭރިމުރުސް އެޅުމަށްފަހު، 1 ސަމުސާ އޮލިވް އޮއިލާއި ބަޓަރާއި ޗަސްކޮށްފައިވާ ލޮނުމެދު އެޅުމަށްފަހު އެއްކޮށްލާށެވެ.
3 - ލުނބޯލުގެ އެއްފަޅި ކެފުމަށްފަހު ބާއްވާށެވެ. އަނެއް ފަޅިން ހިމަ އަރިތަކަކަށް ލުނބޯ ކަފާލާ ވަކިވަކިން ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު ފިޔާވެސް ބޮޑެތިކޮށް ކޮށާފައި ލުނބޯގެ މަތީގައި ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު 2 ސަމްސާ އޮލިވް އޮއިލް އާއި ¼ ސަމްސާ ލޮނާއި ރީނދޫ ޓްރޭއަށް އަޅާށެވެ.
4 - ކުކުޅުތަކުގެ ހަމުގެ ފަޅި މައްޗަށް ހުންނަ ގޮތަށް ކުކުޅުތަށް ޓްރޭއަށް އަޅާށެވެ. ދެން ތައްޔާރުކޮށްފައި ހުރި މިރުސްގަނޑު ކުކުޅުގައި ހާކަލާށެވެ.
5 - އަވަނަށް ޓްރޭ ލުމަށް ފަހު 30-40 މިނެޓުވަންދެން ރޯސްޓް ކުރާށެވެ. އޭރުން ކުކުޅުގެ ޓެމްޕަރޭޗަރު ހުންނާނީ ގާތްގަނޑަކަށް 165 ޑިގްރީއަށެވެ.
6 - ދެން އޮލިވް އާއި ކޮތަނބިރި ފަތްކޮޅު އަޅާލާ، ބާކީ ލުނބޯ ގެ އަނެއް ފަޅި ކުކުޅަށް ފިތާލާނީއެވެ. މި ޑިޝް އެންމެ މީރުވާނީ ކޫސްކޫސް ސެލެޑާއި އެކު ކެއުމަށެވެ.