ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އުފެއްދި ޓްރާންސިޝަނަލް އޮފީހުން އެކުލަވާލި ޓްރާންސިޝަނަލް ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ޓްރާންސިޝަނަލް ރިޕޯޓް ރިފޯޓް ރައީސަށް އަރުވާފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން ހެންވޭރު ސީވީޑް އަހުމަދު ލަތީފު ކަމަށެވެ.
ޓްރާންސިޝަނަލް ރިޕޯޓް ތައްޔާރުކޮށްފައިވަނީ ޓްރާންސިޝަނަލް އޮފީހުން އެކުލަވާލި ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ހޯއްދަވައިފައިވާ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށެވެ.