ހަބަރު

ތިން ގައުމެއްގެ އާ ސަފީރުން ރައީސަށް ފަތްކޮޅު އަރުއްވައިފި

ފިންލޭންޑާއި އަޒަރުބައިޖާނާއި ސްވިޒަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާސަފީރަކީ ހަރޯ ކަމަރައިނެން އެވެ. އަޒަރުބައިޖާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ޑރ. އަޝްރަފް ފަރްހާދް ޝިހަލިޔޭވް އެވެ. އަދި ސްވިޒަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ހޭންސްޕީޓަރު މޮކް އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަޒަރުބައިޖާންގެ އާ ސަފީރާ ރައީސާއި ބައްދަލުކުރައްވައި ވިދާޅުވީ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެ އާއި އަޒަރުބައިޖާނާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އަދި މިއަހަރުގެ މާރިޗު މަހު ހިންގުމަށް ރާއްވަވާފައިވާ "ޕާޓްނާޝިޕް ފޯރަމް" ގެތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާޏެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އަޒަރުބައިޖާންގެ ސަފީރު ވަނީ ރާއްޖެއަށް އުފާވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އަޒަރުބައިޖާންގެ ސަފީރު ވަނީ އެގައުމުން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ އިތުރު ދަރިވަރުންނަށް ހިތްވަރުދެއްވައި އެގައުމުގެ ސިޔާސީ އެކަޑަމީ އެއްކަމުގައިވާ އޭޑީއޭ ޔުނިވާސިޓީއިން ތައުލީމު ހާސިލްކުރުމަށް ބާރުއަޅުއްވާފަ އެވެ.

އަޒަރުބައިޖާންގެ ސަފީރު ވަނީ ރާއްޖެއަށް އުފާވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފިންލޭންޑްގެ ސަފީރުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފިންލޭންޑްގެ ‏‏އާ ސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ފިންލޭންޑްގެ ސަފީރު ވިދާޅުވީ، ކުރިއަށްއޮތް ތާނގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ފިންލޭންޑްގެ ތައުލީމީ ނިޒާމަކީ އެންމެންވެސް ބަލައިގަންނަ ފެންވަރު ރަނގަޅު ނިޒާމެއްކަން ކަމަށާއި އެފަދަ ތައުލީމީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް އެހީތެރިވުމަށް ތައްޔާރަށްއޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަރޯ ކަމަރައިނެން ވިދާޅުވީ، އެގައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި އެހެނިހެން ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި ހާއްސަ ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ސާފު ޓެކްނޮލޮޖީ އާއި ސިއްހީ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްވިޒަލެންޑް އާސަފީރާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ އާއި ސްވިޒަރލެންޑާއި ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށާއި ހޭންސްޕީޓަރ މޮކްގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ދެމެދުގައިވާގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ސްވިޒަލެންޑާއެކު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރެއްވެން ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބައްލައި އެދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ސަފީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ހިތްވަރުގަދަ ވަރުގަދަ ސިޔާސަތެއް ކަމަށާއި އެކަމަށްޓަކައި ދިވެހި ސަރުކާރަށް ތައުރީފު ހައްގު ކަމަށެވެ. އަދި ރާއްޖެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ސްވިޒަލެންޑް ސަރުކާރުން ދެއްވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.