ހަބަރު

މަންދުކޮލެޖް ކައިރީ މުޒާހަރާކުރި ތިން މީހަކު ފުލުހަށް ހާޒިރުކޮށްފި

މަންދު ކޮލެޖް ކައިރީގައި މިއަދު އިހްތިޖާޖް ކުރި ތިން މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފި އެވެ.

ފުލުހުން ބުނީ، އެމީހުން ހައްޔަރު ކޮށްފައިނުވާ ކަމަށާއި އެމީހުން ފުލުހަށް ހާޒިރު ކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ނަސޭހަތް ދިނުމަށް ކަމަށެވެ. އަދި އެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިބުރާހިމް އިސްމާއިލް (އިބުރާ) ގެ މަންދު ކޮލެޖް ކައިރީގައި ހިމޭން އިހްތިޖާޖް ކުރަމުންދިޔަަ ޒުވާނުންތަކެއް ގަދަކަމުން ފުލުހުންގެ ވޭނަށް އަރުވައިގެން ގެންދާ ވީޑިއޯއެއްވަނީ އާންމުވެފަ އެވެ. އެމީހުން ފުލުހުންގެ ވޭނަށް އަރުވައިގެން ގެންގޮސްފައިވަނީ އެސްއޯ ފުލުހުންނެވެ.

އެނގިފައިވާ ގޮތުގައި އެމީހުން މުޒާހަރާ ކުރަމުންދިޔައީ އިސްލާމްދީނަށް އަމާޒުކޮށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާ ދެއްކެވި ވާހަކަތަކާ ގުޅިގެނެވެ.

އިބްރާ ރޭ ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ފަހަކަށް އައިސް މީހުންގެ ފާޑުކިޔުން އަމާޒުވާ ގޮތަށް އިސްލާމް ދީނާ ގުޅުން ހުރި ބައެއް ވާހަކަތައް ޓްވިޓާ މެދުވެރިކޮށް އިބުރާ ދައްކަވަ އެވެ.