ހުޅުމާލޭގައި އިއްޔެ މީހެއްގެ މޫނަށް ސުޕްރޭ ޖެހުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ހުޅުމާލޭ ފިއުލް ސަޕްލައިއިން އިސްލާމިކް ބެންކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރަން ދަނިކޮށް ދެ މީހަކު ގޮސް އެ މީހާގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށް ފަހު ފައިސާ ފޭރިގަތީ އިއްޔެ އެވެ. އެކަން ހިނގާފައި ވަނީ ސެންޓްރަލް ޕާކު ކައިރިންނެވެ. ފޭރިގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.