ހަބަރު

ހައިވޭ އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިނދިއްޖެ

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭ މަތީގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެ އެކްސިޑެންޓެއްގައި ފައި ބިނދުނީ 61 އަހަރުގެ ފިރިހެނެއް ކަމަށާއި މިއަދު މެންދުރުފަހު 2:55 ގައި އޭނާ ފުލުހުންގެ ވެހިކަލެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އާސަންދައިން ބުނީ އޭނާގެ ގެންދިޔައިރު ވާތުފައިގެ ކުޑަހުޅުގެ ކަށިގަނޑު ބިންދައިގެން ގޮސް، ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭގައި ދަތުރުކުރި ވޭނަކާއި ސައިކަލެއްޖެހިގެނެވެ. ބިނދުނީ ސައިކަލް ދުއްވަން އިން މީހާގެ ފައެވެ. އޭނާއަކީ ގއ. ކޮލާފުށީ މީހެކެވެ.

ހައިވޭގައި މި އެކްސިޑެންޓެއް ހިނގި އިރު މިއަދު ހެނދުނު ހުޅުމާލޭގައި ސައިކަލަކާއި ބައިސްކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް ތިން މީހަކަށް އަނިޔާވި އެވެ.